ބޭރު ޝެއިހުންނާމެދު ނަޝީދު ސުވާލު އުފައްދަވައިފި

އަވަށްޓެރި ސްރީލަންކާއަށް ދިން ނިރުބަވެރި ބޮމުގެ ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް ހުރި ޒަހްރާން ހާޝިމް، 2016 ވަނަ އަހަރު ދީނީ ވައުލު ވިދާޅުވުމަށް ކަމަށްބުނެ، އެހެން ނަމެއްގައި ރާއްޖެ އައިކަން އަދި ނޫންކަން ސާފު ނުވާކަމަށާއި، ބޭރުން އަންނަ ޝެއިހުންގެ ކަންކަން ސާފު ނުވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޒަަހްރާން ރާއްޖެ އައިކަން ނުވަތަ، ނޫންކަން ސާފު ނުވާ ކަމަށެވެ. އަދި ބޭރުން ޝެއިހުންނަށް ހެދިގެން އަންނަ މީހުން ރަނގަޅަށް ސާފެއް ނުވޭ، އެފަދަ ފަރާތްތަކަށް ރާއްޖެ އައުމުގެ ވިސާ ދިނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.
ޒަހްރާން ރާއްޖެ އައި ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނި ނަމަވެސް، އެކަން އިމިގްރޭޝަންސްއިން ވަނީ ދޮގު ކޮށްފައެވެ. ނަޝީދު މިފަދަ ޓްވީޓެއް ކުރައްވާފައި ވަނީ ބޭރުގެ ޝޭހުންނާއި އިމާމުން ރާއްޖެއަށް ރޯދައާ ދިމާކޮށް ގެންނަމުންދާ ދަނޑިވަޅެއްގައެވެ. ވިސާގެ މައްސަލަތާ ގުޅިގެން މިސްކިތްތަކަށް އަދިވެސް ޝޭހުން ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ