ޔާމީން ބަންދުކުރި އަމުރު އިސްތިއުނާފްގެ އަޑުއެހުން މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ހައިކޯޓްގައި ތާވަލު ކޮށްފިއެވެ.
މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
ރައީސް ޔާމީން ޖަލުގައި ބަންދުކުރުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް މަނީލޯންޑްރީ ކުރުމުގެ އިތުރުން އެކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ދޮގު މައުލޫމަތު ދިނުމުގެ ކުށުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ