ރައީސް ނަޝީދު އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ނަޝީދު އިންޑިއާގެ ބޮޑު ވަޒީރާ މިއަދު ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައެވެ.
އެ ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ވަރުގަދަ އަދި ހަމަހަމަކަން އޮތް ގައުމަކަށް ވުމަކީ ދިވެހީން އެކަނި ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެކަމަކީ މުޅި އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުންވެސް އެދޭ ކަމެއް ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިންޑީއާއަށް ވަޑައިގަތީ މިދިޔަ އަންގާރަ ދުވަހުގައެވެ.
އެ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާ ރައީސް ނަޝީދު ދަނީ ބައްދަލުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ