ކާގޯފެރީއާއެކު އެސްޓީއޯއިން ވިއްކާ ސިމެންތީގެ އަގުހެޔޮކޮށްފި

އިންޑިޔާގެ ކޮޗިން ކާގޯފެރީގައި ކުޅުދުއްފުއްޓަށް ގެނައި ސިމެންތި އަގުހެޔޮކޮށް އެސްޓީއޯއިން ވިއްކަން ފަށައިފި އެވެ.
ކާގޯފެރީގައި އެސްޓީއޯއިން ގެނައި 500 ޓަނުގެ ސިމެންޓި ބާޒާރާ ނެރެފައިވަނީ މިއަދު އެވެ. އެސްޓީއޯ އިން ބުނީ ކުރިން 106 ރުފިޔާއަށް ވިއްކަމުންދިޔަ ރެމްކޯ ސިމެންތި މިއަދުން ފެށިގެން ވިއްކަމުންދަނީ 90 ރުފިޔާއަށް ކަމަށެވެ.
އެސްޓީއޯއިން ބުނީ ކާގޯފެރީގެ ހިދުމަތް އެންމެ ރަނގަޅަށް ބޭނުންކޮށް، ކުޅުދުއްފުށީ ސަރަހައްދަށް މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކާގޯފެރީން ތަފާތު އެކި ބާވަތްތަކުގެ މުދާ އެރެކުރުމަށް ނިންމާފައިވާ ކަމަށާ އެކަމުގެ ސަބަބުން ކުޅުދުއްފުށީ ސަރަހައްދުގައި މުދާ އަގުހެޔޮވެގެންދާނެ ކަމަށެވެ.
ރެމްކޯ ސިމެންތި ވަރަށް ބޮޑަށް އަގުހެޔޮވެއްޖެ! pic.twitter.com/5x5HIzh0mp— STO Plc (@stoplc) October 1, 2020
ކޮޗިން ކާގޯފެރީގެ ހިދުމަތް ފެށީ މިމަހު 21 ވަނަ ދުވަހު އެވެ. މި ކާގޯފެރީ ކުޅުދުއްފުށީގައި ބަނދަރުކުރީ މިމަހު މިދިޔަ ހޮނިހިރު ދުވަހު އެވެ.
ސިމެންތީގެ އިތުރުން މި ކާގޯފެރީގައި ގަސްކާނާ ފަދަ ތަކެތި ގެނެސްފައިވެ އެވެ. އިންޑިޔާގެ ކާގޯފެރީއަކީ އެމްޑީޕީގެ ވައުދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ