މިއަދުގެ ހުކުމާއެކު، ރައީސް ޔާމީން މައްޗަށް އުފުލި ދައުވާ ބާތިލުކަން އެނގޭ: އިދިކޮޅު

ދައުލަތުގެ ފަރާތުން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް މިއަދު ކުރިމިނަލް ކޯޓުން ބާތިލުކުރުމުން، ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޞައްޙަ ދައުވާއެއް ނޫންކަން އެނގޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިއަދުގެ ޙުކުމާއެކު، ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޞައްޙަ ނޫން ދައުވާއެއްކަން އިތުރަށް ޔަޤީންވެ ކަށަވަރުވެއްޖެ ކަމުގައެވެ. މިއަދުގެ ހުކުމުގައި ކުރީގެ ޕީޖީ ބިޝާމާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ރިޔާޒު އަމަލުކުރައްވާފައިވަނީ ރަނގަޅަށް ނޫންކަން އެނގޭ ކަމަށާއި، އެބޭފުޅުން މިމައްސަލާގައި ކަންކުރެއްވި ގޮތް ތަހުގީގުކުރުމަށް ޢަބްދުއްރަޙީމް ގޮވައިލެއްވިއެވެ. ހަމައެހެންމެ މިމައްސަލާގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާ ކަމުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ވާހަކަދެއްކެވި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީނުގެ މައްޗަށް މިހާތަނަށް އުފުލާފައިވާ ދަޢުވާއަށް އަނބުރައި ގެނައުމަށް މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ގޮވާލާ ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި މިއަދުގެ ޙުކުމުން އެނގުނީ މިސަރުކާރުން ރައީސް ޔާމީނު ފުރޭމްކޮށްގެން އެމަނިކުފާނުގެ މައްޗަށް ހުކުމްކޮށްގެން އުޅެނީކަން ކަމުގައިވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ. ހަަމައެހެންމެ ފެށިގެންވެސް ބުނަމުންދިޔަ ފަދައިން ރައީސް ޔާމީނުގެ މައްޗަށް އުފުލި ދައުވާއާއި، ހިންގި ތަހުގީގާއި، ކޯޓުން ކުރި ހުކުމަކާވެސް ދިމާނުވާ ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި އެބޭފުޅުން ކުރިންވެސް ދައްކަވަމުން ދިޔަ ވާހަކަތަކަށް މިހާރު ރަސްމީ ސިފާގައި ބާރު ލިބިފައިވާ ކަމުގައިވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިއަދުގެ ހުކުމާއެކު މިހާތަނަށް އެމްއެމްޕީއާރުސީ މައްސަލާގައި ހިންގާފައިވާ އެންމެހައި ކަންކަމެއް ބާތިލުވާނެ ކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ހިފަހައްޓަންޖެހޭ ސަބަބެއް މިހާރު ނެތް ކަމުގައާއި، މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާ ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ