ފައިބަރ ބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފި

ދެފެންދޭތެރެއަށް އަޑިއަށް ގޮސްފައިވާ 37 ފޫޓުގެ ފައިބަރ ބޯޓެއް ހއ.އަލިދޫގެ އިރުއުތުރު ފަރާތުން އޮޔާގެންދާތީ، ދަތުރު ކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މިބޯޓް އޮޔާގެންދަނީ ހއ.ދިއްދޫ އާއި ހއ.ވަށަފަރާ ދޭތެރެއަށް ހުޅަނގު އުތުރަށެވެ.
އެހެންކަމުން މި ސަރަޙައްދުން ރޭގަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ