ފަނޑިޔާރުން ތަމްރީން ކުރުމަށް އިންޑިއާ އެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފި

ރާއްޖޭގެ ފަނޑިޔާރުންނަށް ތަމްރީންއާ ތަޖުރިބާ އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާ އެމްއޯޔޫ އެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިންޑިޔާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާ އެކު ސޮއިކޮށްފި އެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަދު އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކަޑާމީގަ އެވެ. ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިންނެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރު ޖަސްޓިސް ޖީ. ރުގުރާމް އެވެ. https://twitter.com/MaldivesJSC/status/1227153030463860736 މިއަދު ސޮއި ކުރި އެމްއޯޔޫގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތު ލިބިގެންދާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެގޮތުން އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއިން ރާއްޖޭގެ ފަނޑިޔާރުންނަށް ހާއްސަ ކުރެވިގެންދެވޭ 200 ފުރުސަތު ދިނުމަށް އެއްބަސް ވެފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެ އެއްބަސްވުމަކީ މިހާތަނަށް އެ ކޮމިޝަނުން ސޮއި ކުރި އެފަދަ ފުރަތަމަ އެއްބަސްވުން ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އެމްއޯޔޫގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހިސާން ވިދާޅުވީ، މިއީ ރާއްޖޭގެ ޖުޑީޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއްކަމުގަ އާއި އެ ފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ