އަނެއްކާވެސް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފި

ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ރައީސުލް ޖުމުހޫރިއްޔާ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ރައީސް އައްޔަން ކުރައްވާފައިވަނީ އަބޫބަކުރު އަބްދުލްކަރީމްއެވެ.
އަނެއްކާވެސް އިތުރު ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކޮށްފައިމިވަނީ ކޮވިޑް-19 ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރާއެކު ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސް އަންގަވާފައިވަނިކޮށެވެ.
ޚަރަދު ކުޑަ ކުރުމުގެ ގޮތުން އިތުރުގަޑީގެ އިނާޔަތުގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާއިރު ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑަށް އަމަލުކުރުން ވެސް ވަނީ ފަސްކޮށްފައެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތަކީ އާންމު ފަރުދުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރުމަށް ފަހުވެސް ސިޔާސީ މަގާމްތައް އިތުރު ކުރުމާއި ޚަރަދުތައް އިތުރުކުރުން ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށަފައެވެ.
ދާދި ފަހުންވެސް ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އެމްޑީޕީގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ކަމަށްވާ ތައްޔިބް އިބްރާހިމް ހަމަޖެއްސުމުން ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ