ރޯދަ މަހު ޔާމީން ކަނޑުމަތީގައި ގެންގުޅުމުން ޖަމީލުގެ ނުރުހުން

ރޯދަ މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަނޑުމަތީގައި ގެންގުޅުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ރޭގެ ވަގުތެއްގައި ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ޖެހުމަށް ޔާމީން ގެނައި ނަމަވެސް އެމަނިކުފާނު ވަނީ ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވާފައެވެ. ވެކްސިން ޖެއްސެވުމަށް ޔާމީން ދެކޮޅު ހެއްދެވި ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނާ ހަމައިން ސަރުކާރުން ޢަމަލު ކުރަނީ ލާއިންސާނީ އަދި ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި ކުއްލިއަކަށް ރޭ މާލެ ގެނައިއިރު އާއިލާ އަދި ވަކީލުންނަށް ނޭންގީ ކީއްވެގެންތޯ ޖަމީލު ސުވާލު ކުރެއްވިއެވެ.
"މި މާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލަން" ޖަމީލު ވިދާޅުވިއެވެ.
ރައީސް ޔާމީނާ ހަމައިން ސަރުކާރުން ޢަމަލްކުރަނީ ލާއިންސާނީ، ޤާނޫނާ ޚިލާފަށް. ކުއްލިއަކަށް ރޭ މާލެގެނައިއިރު އާއިލާ/ވަކީލުންނަށް ނޭނގީ ކީއްވެ؟ މިމާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލަން. pic.twitter.com/cOn7EDX56h
— Mohamed Jameel Ahmed (@MJameelAhmed) April 15, 2021
ޔާމީން ރޭ މާލެ ގެނައިރު އެމަނިކުފާނު ގެޔަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ. އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އަދި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމާ ގުޅޭގިޮތުން މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރައްވާފައެެވެ. އަދި ރައީސް ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ