އިންތިހާބުގައި ޕީޕީއެމް މޮޅުވީ މާބޮޑު ތަފާތަކުން ނޫން: ނަޝީދު

ނިމިގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުން މޮޅުވީ މާބޮޑު ތަފާތަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލައަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ނިމިގެންދިޔަ އިންތިހާބާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ކޮންމެވެސް އެއްޗެއް ވިދާޅުވުމަށް އެދިވަޑައިގަތުމުން ނަޝީދު ވިދާޅުވީ، އެއްޕާޓީއެއް އެހާ ބޮޑަށް މޮޅުވެގެން ދާ ދިއުން އެއީ މަޖިލިސް ރައީސްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރަން ރަނގަޅު ކަމެއްބާ އޭ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށެވެ. އަދި ޕީޕީއެމުން މޮޅުވީކީ މާބޮޑު ތަފާތަކުން ނޫން ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، މާލޭގެ މޭޔަރުކަން ޕީޕީއެމްއަށް ލިބިފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ