ރަށްރަށަށް ދާން ހަދާ ޕީސީއާރްޓެސްޓް ފްލޫ ކްލިނިކުން ހިލޭ

ކަރަންޓީނު ނުވެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ދީފައިވާ ލުއިތަކުގެ ތެރެއިން ދަތުރުކުރާ ނަމަ އެކަމަށް ހައްދަންޖެހޭ ޕީސީއާރް ޓެސްޓް ފްލޫ ކްލިނިކްތަކުން ހިލޭ ހަދައިދޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
އެޗްއީއޯސީ އިން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ވެކްސިން ކްލަސްޓާ ޓީމުން ފާތިމަތު އަނާ ވިދާޅުވީ ފްލޫ ކްލިނިކްތަކަކީ މިހާރު ވެސް ރިލީޒް ސާމްޕަލަށް ޕީސީއާރް ޓެސްޓް ހަދައިދޭ ތަންތަން ކަމަށާއި އެކަމަކު މިހާރު ދަތުރުކުރުމުގެ ކުރިން ހަދަންޖެހޭ ޓެސްޓު ވެސް ހަދައިދޭނެ ކަމަށެވެ.
ދަތުރުކުރުމުގައި ދިން ލުއިތަކާއި އެކު، ކަރަންޓީންކުރުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވަނީ ކަނޑައަޅައިފަ އެވެ. ރަށެއްގެ އާބާދީގެ 60 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ނަމަ، ވެކްސިންގެ ދެ ޑޯޒް ޖެހި ފަހުން ދެ ހަފްތާ ފާއިތުވެއްޖެ މީހަކަށް، ކަރަންޓީން ވުމަކާ ނުލާ ދަތުރުކުރެވޭނެ އެވެ. އާބާދީގެ 60 ޕަސެންޓަށް ދެ ޑޯޒް ނުޖަހާ ނަމަ، ދަތުރު ކުރެވޭނީ ޕީސީއާރް ޓެސްޓަކުން ނެގެޓިވް ނަތީޖާ އެއް ލިބުމުންނެވެ.
މި ލުއި ދިން ނަމަވެސް ދަތުރުކުރުމުގެ ގޮތުން ހަދަންޖެހޭ ޕީސީއާރް ޓެސްޓަށް އަގު ދައްކަން ޖެހެ އެވެ. އެހެންވެ ލުއި ދިން ނަމަވެސް ގިނަ މީހުން އެކުގައި ދަތުރެއް ކުރަން ޖެހިއްޖެ ނަމަ ޕީސީއާރް ޓެސްޓަށް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ.
Positivity rate 5 percent ah vure mathee 7 Rasheh gai
The most trusted news source in the Maldives
Mihaaru
އެއްވެސް ރަށެއްގެ އާބާދީގެ 60 ޕަސެންޓަށް އަދި ވެކްސިންގެ ދެ ޑޯޒެއް ނުޖަހަ އެވެ. އެހެންވެ ހުރިހާ ރަށްރަށުން ވެސް ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ އެވެ. އަނާ ވިދާޅުވި ގޮތުގައި 120 ރަށެއްގެ 60 ޕަސެންޓް އާބާދީއަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހައިފަ އެވެ.
މީގެ އިތުރުން ރަށެއްގެ އާބާދީގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތި ނަމަ، ދަތުރުކުރުމުގެ ކުރިން ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ. އަދި ވެކްސިން ޖަހާފައި ހުރި މީހަކާ އެކު ކުޑަކުއްޖަކު ދަތުރުކުރާ ނަމަވެސް ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ.
Miadhu ge COVID case thah 250 in matheega
The most trusted news source in the Maldives
Mihaaru
މާލޭގެ އިތުރުން ހަ ރަށެއްގައި ޕޮޒިޓިވިޓީ ރޭޓް މި ވަގުތު ހުރީ ފަސް ޕަސެންޓުން މަތީގަ އެވެ.
މިހާތަނަށް 26،920 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު މިވަގުތު 2،905 މީހުން ބައްޔަށް ފަރުވާ ހޯދަ އެވެ. އިއްޔެ، އިތުރު 253 މީހަކަށް ކޮވިޑް ޖެހުނެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 111 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 61 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 64 މީހުން އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 17 މީހުން ހިމެނެ އެވެ. މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައި ވަނީ 71 މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ