މުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ޕީޕީއެމްއަށް ސޮއި ކުރައްވައިފި

މުލަކު އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ހަސަން މިއަދު ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.
އަހްމަދު ހަސަން ޕީޕީއެމްއަށް މިއަދު ސޮއި ކުރެއްވީ، އެއަތޮޅުގެ ކައުންސިލް އިދާރާގައި މިއަދު އޮތް ކުޑަ ރަސްމިއްޔާތެއްގަ އެވެ. އޭނާ ޕީޕީއެމްއަށް ސޮއި ކުރެއްވި ފޯމު ހަވާލު ކުރައްވާފައި ވަނީ، ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ އެ ކައުންސިލްގެ ރައީސް މޫސާ ނަސީރާ އެވެ.
މި ރަސްމިއްޔާތުގައި، އެ އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްއަށް ނިސްބަތްވާ އެހެން މެމްބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މީގެ ކުރިން އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި ކައުންސިލްގެ ނާއިބު ރައީސް އަހްމަދު ހަސަން މިއަދު ޕީޕީއެމްއަށް ސޮއި ކުރެއްވުމާ އެކު، އެ ކައުންސިލްގައި ޕީޕީއެމްގެ 4 މެމްބަރުން ވަނީ ހަމަވެފަ އެވެ.
މިހާރު އެ ކައުންސިލްގައި ހިމެނެނީ ޕީޕީއެމްގެ 4 މެމްބަރުންނާއި، އެމްޑީޕީގެ 1 މެމްބަރެއްގެ އިތުރުން އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި 1 މެމްބަރެކެވެ.
މުލަކު އަތޮޅު ކައުންސިލްގައި 6 މެމްބަރުން ތިއްބަވާ އިރު، މިއިން ކޮންމެ މެމްބަރަކީ ވަކި ރަށަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެކެވެ.
އެގޮތުން، މިއަދު ޕީޕީއެމްއަށް ސޮއި ކުރެއްވި އަހްމަދު ހަސަނަކީ މ މުލަކު ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ