ދިރާގުން ތިނަދޫ ކޮންމެ މީހަކަށް 500 ހިލޭ މިނެޓް އާއި 1ޖީބީ ޑޭޓާ

ގދ.ތިނަދޫގެ ކޮންމެ މީހަކަށް 500 ހިލޭ މިނެޓް އާއި 1ޖީބީ ހިލޭ ޑޭޓާ ދޭން ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ދިރާގުން ނިންމައިފިއެވެ.
ދިރާގުން ބުނީ މިހާރު ތިނަދޫ ކޮންމެ މީހަކަށް "އެމެޖެންސީޕެކް"ގެ ގޮތުގައި 500 ހިލޭ މިނެޓް އާއި 1ޖީބީ ޑޭޓާ އެކްޓިވޭޓް ކޮށްދީފައި ވާނެ ކަމަށެވެ.
ތިނަދޫ އިންޖީނުގޭގައި އިއްޔެރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ދިރާގުން ވަނީ މީގެ ކުރިން ވެސް ތިނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އިއްޔެ ދިރާގުން ތިނަދޫ ރައްޔިތުންގެ ފޯނުތައް ޗާޖް ކޮށްދީފައި ވާއިރު އެރަށު ރައްޔިތުންނަށް 500 ކޭސް ބޯފެން ވެސް ވަނީ ފޯރުކޮށްދީފައެވެ.
އަދި މިއަދު ދިރާގުން ވަނީ ތިނަދުއަށް 75 ކިލޯވޯޓްގެ ޖަނަރޭޓަރެއް ވެސް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ