އިނގިރޭސި ރަސްގެފާނު ޗާލްސްއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ)އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފި އެވެ.މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރަސްގެފާނު ޗާލްސްއާ ބައްދލުކުރެއްވީ ވިންޑްސާ ކާސަލްގަ އެވެ.ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމަކީ "ޕްރައިވެޓް އޯޑިއެންސްއެއް" ގޮތަށް ކުރިއަށްދިޔަ ބައްދަލުވުމެކެވެ. އޭގެ މާނައަކީ ދެ ގައުމުގެ ސަރުކާރުގެ ފަރާތުން އިތުރު ބަޔަކު ވެސް ބައިވެރިނުވާ ގޮތަށް ހަމައެކަނި ދެ ބޭފުޅުން ކުރެއްވި ބައްދަލުވުމެކެވެ.މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ