އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ހުސްވި ޖޫންމަސް ނިމުނުއިރު ރާއްޖެއަށް 1،202،262 ފަތުރުވެރިން ރަާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ރާއްޖެއަށް ޒިޔާރަތްކުރި ފަތުުވެރިންގެ ތަފާސްހިސާބު ރިޕޯޓަށް ބަލާއިރު، އަހަރުގެ މިހާތަނަސް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 9.5 އިންސައްތަ އިތުރުވުމެކެވެ.
އަހަރުގެ މިހާތަނަށް އާއިރު ރާއްޖެއަށް ފަތުރުވެރިން އެންމެގިނައިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ، ރަޝިއާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީ އަދި އިންޑިއާއިންނެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅު ކުރިއެރުމެއް ހޯދި މާކެޓަކީ އިޓަލީއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިޓަލީ މާކެޓް 5 ވަނައިގައި އޮތްނަމަވެސް މިހާރު އިޓަލީއަކީ ރާއްޖެއަށް 4 ވަނައަށް އެންމެގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.
- ޗައިނާ: 163,370
- ރަޝިއާ: 139,388
- އިނގިރޭސިވިލާތް: 114,703
- އިޓަލީ: 89,832
- ޖަރުމަނު: 86,556
- އިންޑިއާ: 71,010
ތަފާސްހިސާބަށް ބަލާއިރު، މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެގިނަ މީހުން ޗުއްޓީހޭދަކުރަން ހިޔާރުކުރީ ރިސޯޓްތަކެވެ. އެގޮތުން 869,932 ފަތުރުވެރން ރިސޯޓްތަކުގައި މަޑުކުރިއިރު، ދެން އެންމެގިނައިން ފަތުރުވެރުން މަޑުކުރީ ގެސްޓްހައުސްތަކުގައެވެ. ޖުލައިމަހުގެ މިހާތަނަށް ގެސްޓްހައުސްތަކަށް އައި އަދަދު އުޅެނީ 64,373 ގައެވެ. 
ސަރުކާރުގެ އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ޖުލައި 26 ގައި ޓާމިނަލް ހުޅުވިގެންދިއުމާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނޭކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ