މިއުނިކް (ނޮވެމްބަރު 2) - ޖަރުމަނު ލީގުގައި ރޭ ވާދަވެރި ބަޔާ ލެވަކޫސަން އަތުން 3-0 އިން މޮޅުވެ، ބަޔާން މިއުނިކުން މި ފަަހަރުގެ ސީޒަން ފަށައިގެން މިހާތަނަށް ކުޅުނު 15 ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ސީޒަނެއް ފަށައިގެން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ 1992/1993 ވަނަ ސީޒަނުގައި 13 މެޗުން މޮޅުވި، އޭސީ މިލާން ޓީމުގެ އަތުގަ އެވެ. ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ކުޅޭ ބަޔާނުން މި ވަނީ އެ ރެކޯޑު މުގުރާލައިފަ އެެވެ.
މި ސީޒަން ފަށައިގެން ބަޔާނުން ރަނގަޅު ރެކޯޑެއްގައި ކުރިއެރުން ހޯދަމުން އައުމުގެ ސަބަބުން، އެ ކްލަބްގެ މެނޭޖްމަންޓުން ވަނީ ކޮމްޕެނީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނަށް ރޭގެ މެޗުގެ 25 ވަަނަ މިނިޓްގައި ލަނޑު ޖެހީ ސާޖް ގްނަބްރީ އެވެ. މިއީ، ޖަރުމަނު ލީގުގައި ގްނަބްރީ ކުޅުނު 250 ވަނަ މެޗެވެ. އޭނާ މި ލަނޑު ޖެހީ، 20 އަހަރުގެ ފުލްބެކް، ޓޮމް ބިޝޮފް ދިން ބޯޅައަކުން ހަަމަޖެހިލައިފައި ލެވަކޫސަންގެ ކީޕަރު، މާކް ފްލެކެން ކައިރިން ގޯލަށް ބޯޅަ ފޮނުވާލައގެންނެވެ.
މެޗުގައި ބަޔާނުން ޖެހި އަނެއް ދެ ލަނޑު ވެސް ފުރަތަމަ ހާފުގައި ޖެހިއިރު، ލީޑުފުޅާކުރި ގޯލު ޖެހީ، ޗެލްސީގެ ލޯން އެއްބަަސްވުމެއްގެ ދަށުން ބަޔާނަށް ކުޅެމުން އަންނަ ނިކޮލަސް ޖެކްސަން އެވެ. މިއީ، ޖެކްސަން ޖަރުމަނު ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ކޮންރަޑް ލައިމާ އެވެ.
ބަޔާނުން ޖެހި ތިން ވަނަ ލަނޑަކީ، މެޗުގެ 43 ވަނަ މިނިޓްގައި، ލެވަކޫސަންގެ ލޮއިކް ބާލްޑޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުން ބަލިވެ، ލެވަކޫސަނުން ލީގުގައި ރަށުންބޭރުގައި ކުުޅުނު މެޗުތަކުން ބަލިނުވެ، ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 37 މެޗަށް ފަހު ނިމުން އަތުވެފަ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ބަޔާނަށް ނުވަ މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލައިޕްޒިގަށް ނުވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ލައިޕްޒިގުން ވަނީ ރޭ 3-1 އިން ސްޓުޓްގާޓް ބަލިކޮށްފަ އެވެ.
ބަޔާނުން 15 ވަނަ މޮޅު ހޯދައި ފަސްބެލުމެއްނެތި ކުރިއަށް ބަޔާނުން 15 ވަނަ މޮޅު ހޯދައި ފަސްބެލުމެއްނެތި ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ