ވެލާނާ އެއާޕޯޓުގައި މާ ފިނިގަދަ ކަމަށް ނަޝީދު ވިދާޅުވެ، އިސްރާފު ބޮޑުވުމުގެ ކަންބޮޑުވުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލްގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއާޕޯޓުގައި ފިނިހޫނު މިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. އެއީ މާ ބޮޑަށް ފިނިވެފައި އިސްރާފު ބޮޑު ގޮތެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ. https://x.com/MohamedNasheed/status/1984809489347067994 އެ މަނިކުފާނު ވިދާޅުވީ، 20އާއި 25 ޑިގްރީ ސެލްސިއަސްއާ ދެމެދު އެއާޕޯޓުގެ ފިނި ހޫނުމިން ބެހެއްޓުމަކީ ރަނގަޅު ގޮތް ކަމަށެވެ. ނަޝީދުގެ އެ ޕޯސްޓަށް ބައެއް މީހުން ކުރި ކޮމެންޓުތަކުގައި ވެސް ވަނީ، އެއާޕޯޓުގައި މާ ބޮޑަށް ފިނި ގަދަ ކަމަށް ބުނެ، އޭގެ ސަބަބުން ކަރަންޓު ޚަރަދު ބޮޑުވާކަން ފާހަގަކޮށްފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: އެ އެއާޕޯޓުގައި މާ ބޮޑަށް ފިނިގަދަ ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ/ އެމްއޭސީއެލް ނަޝީދު އެހެން ވިދާޅުވިއިރު، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ މިދިޔަ ޖުލައި 26ގައި އެއާޕޯޓުގެ އައު ޓާމިނަލް ވަނީ ހުޅުވައިފައެވެ. ޒަމާނީ ގިނަ ވަސީލަތްތަކާއެކު، ހުޅުވި އާ ޓާމިނަލް ފަރުމާކޮށްފައި ވަނީ، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ