މިހާތަަނަށް ދިވެހީން ލަންކާއަށް ދިން އެހީ، 2.4 މިލިއަން ޑޮލަރަށް ވުރެެ ގިނަ: ޚަލީލް
މިހާތަަނަށް ދިވެހީންގެ ފަރާތުން ލަންކާއަށް ދޭން އެއްކުރި އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެެ އިތުރުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީ ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނަށް ލިބުނު އަށް ލައްކަ ޑޮލަރު މިއަދު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެހީއާ ހަވާލުވެވަޑައިގެން ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ، މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހީން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ގޮވައިލި ކޮންމެ ފަހަރަކު ދިވެހީންގެ އެހީ ލިބޭނެކަން ސާބިތުވެއްޖެ ކަމަށް ޚަލީލް ވިދާޅުވެ، ތައުރީފުކުރެއްވިއެވެ. ޚަލީލް ވިދާޅުވި ގޮތުގައި ލަންކާއަށް އެންމެ ފުރަތަމަ އެހީތެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. "ޓީވީ ޓެލެތޯންގެ އިތުރުން ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދަނީ. ޖުމުލަކޮށް ދިވެހިންގެ ފަރާތުން ލަންކާއަށް ދޭ އެހީ 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެ،" ޚަލީލް ވިދާޅުވިއެވެ. މިނިސްޓަރު އެފަދައިން ވިދާޅުވި އިރު ރާއްޖޭގެ ބޮޑެތި އަމިއްލަ ވިޔަފާރިތައް ކަމަށްވާ، ސަން ސިޔާމް ގްރޫޕުން 200،000 ޑޮލަރު އަދި ވިލާ ގްރޫޕުން ވަނީ 100،000 ޑޮލަރު ލަންކާއަށް އެހީގެ ގޮތުގައި ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން ވެސް އަމިއްލަ ގިނަ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުން ވެސް ދަނީ އެހީ ފޯރުކޮށްދެމުންނެވެ. https://sun.mv/214769 އެގޮތުން ޖުމްލަ 37 މީޑިއާއަކުން ގުޅިގެން ބޭއްވި މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން ނިންމައިލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނުގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން 18 ފަންޑު ފޮށި ވެސް ބަހައްޓާފައިވެއެވެ. ފަންޑު ފޮށިތަކަށް ހަދިޔާކުރި ފައިސާ ގުނުމުގެ މަސައްކަތްކޮށްފައި ވަނީ ބީއެމްއެލްއާއި، ޓެލެތޯންގެ އޮޑިޓް ފާމެއްގެ ގޮތުގައި މަސައްކަތްކުރި 'ކްރޯ މޯލްޑިވްސް'އިންނެވެ. މި ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާއެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ. އަދި ސަރުކާރު މައި ޕާޓީ ޕީއެންސީ ޕީޖީން 300،000 ރުފިޔާ އަދި ގައުމީ ބޭންކު ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ