ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ ލޯކަލް ޕޮލިސިން ކޮންފަރެންސް މިއަދު ފަށައިފި އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕޮލިސިން ކޮންފަރެންސްގައި 170 ފުލުހުން ބައިވެރިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެތެރޭގައި ފުލުހުންގެ ހުރިހާ ކޮމާންޑުތަކެއްގެ ފުލުހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ ކޮންފަރެންސް ކުރިއަށް ގެންދާނީ މިއަދާއި މާދަމާ އެވެ.
އެ ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާން އެވެ. އޭނާގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް، އިސްމާއިލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެކި ރޭންކުތަކުގެ ފުލުހުން ކޮންފަރެންސްގައި ބައިވެރިވެ އެވެ.
ފުލުހުންގެ ހިދުމަތްތައް މުޖުތަމައުގައި ކުރިއަރުވާނެ ގޮތާއި އެ މުއައްސަސާގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ސާފު މަގުޗާޓެއް އެ ކޮންފަރެންސުން ކުރަހައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.
170 ފުލުހުންނާއެކު ލޯކަލް ޕޮލިސިން ކޮންފަރެންސް މިއަދު ފަށައިފި 170 ފުލުހުންނާއެކު ލޯކަލް ޕޮލިސިން ކޮންފަރެންސް މިއަދު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ