ކާފިރު ކުޑަކުއްޖަކަށް ހުއްޓައި ހުވަފެނުގަ އޭނާއަށް އެފެނުނީ ރަސޫލް ޞޢޥ ކަމަށްވުން ވަރަށް ގާތް! ވިސްނާލަން ޖެހޭ އެތައް ކަމެއް!

ކާފިރުންނަށް ހެޔޮލަފާ ހުވަފެން ފެންނަ ސަބަބާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. އެމީހުންނަށް ދޭނެ ސީދާ ޖަވާބެއް އަހުރެންނަކަށް ނުއެނގެއެވެ. ޤަބޫލުކުރަންޖެހޭނެ ކަމަކީ މައިންބަފައިންނަކީ ކާފިރުން ނަމަވެސް، ތަރުބިއްޔަތުކުރީ ކާފިރެއްގެ ގޮތުގައި ނަމަވެސް ބޮޑުވެ އިސްލާމްވާނެ މީހުން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ބައެއް ކަންކަން އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށް މިންވަރުކުރައްވަވަތެވެ. އެކަން ތިރީގައިވާ ލިޔުމުންވެސް އެނގިލައްވާނެއެވެ! އިން ޝާ ﷲ 
އަހުރެންގެ މިވާހަކަ އަޑުއަހަން ނުވަތަ ޤަބޫލުކުރަން އުނދަގޫވެދާނެއެވެ. އެކަމަކު މިކިޔައިދެނީ ހަޤީޤަތަށެވެ. 
އެއިރު އަހުރެންގެ ޢުމުރަކީ 11 އަހަރެވެ. އެއްރޭ ހުވަފެނުގައި ފެނުނީ ބައަކާއި ބައްދަލުވަނިކޮށެވެ. އެމީހުންގެ އެންމެ ކުރީގައި ހުރީ ފިރިހެނެކެވެ. އެމީހާގެ މޫނަށް ބަލާކަށް ނުކެރުނެވެ. އެއީ އޭނާގެ ދެލޯ "ވިދާތީ" އެވެ. 
އެމީހުން ހުށަހެޅީ އެމީހުންގެ ޖަމާޢަތުގައި ބައިވެރިވުމަށެވެ. އެމީހުން ބުނީމާ އެމީހުން ލައިގެން ތިބިފަދަ ހެދުމެއްވެސް ލީމެވެ. ޝަހާދަތް ލައިދިނުމުން ޝަހާދަތްވެސް ކީމެވެ. 
އެއިގެ އަހަރުތަކެއް ފަހެވެ. އަހުރެން އިސްލާމްދީން އުނގެނި އިސްލާމްވާން ނިންމުމުން ޝަހާދަތް ކިޔަން ދަސްކުރިއިރު ޝަހާދަތް ކިޔަން ފެށުމުން ކުރިން ފެނުނު ހުވަފެންމަތިން ހަނދާންވިއެވެ. މިއީ ކުރިން ހުވަފެނުގައި ކިޔާފައިވާ އެއްޗެއްކަން ހަނދާންވިއެވެ. 
މިއީ އަލަށް އިސްލާމްވި ޒުވާން އަންހެނަކު ބުނެފައިވާ ބަސްކޮޅެކެވެ. ވިސްނަވާށެވެ. އޭނާއަށް ކުޑަ އިރު ހުވަފެނުގައި އެފެނުނީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢލައިހި ވަސައްލަމަ ކަމުގައިވެދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 
މިއަދު އޭނާ އެވަނީ ﷲ ތަޢާލާގެ ދީނުގައެވެ. ހުވަފެނުގައި ކިޔުމަށްފަހު އެކަން ހަނދާން ނެތިހުރެނަމަވެސް މިހާރު އެވަނީ ޤަޞްދުގައި ޝަހާދަތް ކިޔައި އިސްލާމްވެފައެވެ. ކޮންފަދަ މަތިވެރި ނަޞީބެއް ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ