މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން އާ ގާނޫނު ތަންދޭ: ނަޝީދު

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ އާ ގާނޫނު ތަންދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަސްތުވާތަކެތީގެ މައްސަލައިގާ ހައްޔަރުކުރާ މީހުން ދޫކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ހުށަހެޅުއްވި ކުއްލި މައްސަލައެއްގައި ވާހަކަދައްކަވަމުން އެ މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ މިނިސްޓްރީގެ ދަށުން ވަކިކުރުމަކީ އޭނާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އާދަމް ޝަރީފްގެ އެ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަޮންނަނީ ވަޒީރަށް ކަމަށެވެ. އަދި ކުރިން އަމަލު ކުރަމުން އައި ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގަމުން އައީ މިނިސްޓްރީގެ ދަށުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހުން މަޖިލީހުން ފާސްކުރި ފުލުހުންގެ އާ ގާނޫނުގެ ދަށުން މިނިސްޓްރީގެ ބަދަލުގައި މިހާރު އޮންނާނީ ވަޒީރު ކަމަށް ނަޝީދު ވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން، ނަޝީދުވަނީ މިހާރު އަމަލު ކުރަމުން އަންނަ ފުލުހުންގެ އާ ގާނޫނުގެ ދަށުން، ހޯމް މިނިސްޓްރީގެ ޒިންމާއަކީ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވެފައެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާ ކަން ހާމަކޮށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މި މަހުގެ 14 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއް ވަނީ ލީކުވެފައެވެ. އަދި ރައީސް އޮފީހުގެ ވެބްސައުޓުގައި ހިމަނާފައިވާ ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނަގައިފިއެވެ.
އާދަމް ޝަރީފްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވަނީ މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އުޝާމްމިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން އާ ގާނޫނު ތަންދޭ: ނަޝީދު ވަނީ ފުލުހުންގެ ހިދުމަތް މިހާރު ހިންގަނީ ވަޒީރުންގެ މަޖިލީހުގެ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަން ސަރުކާރުން ހާމަކުރަންޖެހޭ ކަމަށާއި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ފުލުހުންގެ ހިދުމަތް ނުހިންގޭނެކަން ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައި އެބައޮތް ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ