ހެލިކޮޕްޓަރު ދުއްވަން އިންޑިއާއިން ދިވެހި ޕައިލެޓުން ތަމުރީނު ކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ދިވެހި ޕައިލެޓުން ތަމްރީންކޮށް ނިމިފައިވާކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އެމްއެންޑީއެފްއިން ބުނެފައިވަނީ އިންޑިއާއިން އެމްއެންޑީއެފްގެ ޕައިލެޓުން ތަމްރީން ކޮށްފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ދުއްވަން އެމީހުން ފަށާނެކަމަށެވެ.
މިހާރު ކުރިއަށްދަނީ އެމީހުންނަފށް އެޕޮއިންޓްމެންޓް ހަވާލުކުރުމާ އެހެނިހެން އިދާރީ ކަންކަމާ ވާންޖެހޭ ތައްޔާރީތައް ވުންކަމަށް އެމްއެންޑިއެފުން ބުނެފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ދިވެހި ސިފައިން ތަމްރީނު ކުރާނެކަން މީގެކުރިން އިންޑިއާގެ ސަފީރު ވެސް ހާމަކޮށްފައިވެއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ މި ތަކެތި ދުއްވުމަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމުގެ އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުން ކުރަމުން އާދެއެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށްވެސް ގޮވާލަމުން އާދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ