ނިލަންދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް، ރަށް ބަންދުކޮށްފި

ފ. ނިލަންދޫން ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ، އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.އެ ރަށް މޮނީޓަރިންގއަށް ލާފައިވާކަން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށު ކައުންސިލަށް އަންގާފައެވެ.އެޗްޕީއޭ އިން މިއަދު ބުނީ، ޕޮޒިވްވެފައި ވަނީ ކަރަންޓީންގައި ހުރި ދެމީހުން ކަމަށެވެ.ޕޮޒިޓިވްވެފައި ވަނީ 43 އަހަރު އަދި 30 އަހަރުގެ ދިވެހިން ފިރިހެނުން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.އެޗްޕީއޭ އިން ބުނި ގޮތުގައި، އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ރަށް މޮނީޓަރިންގެ ހާލަތައް ވަނީ ގެނެސްފައެވެ.ނިލަންދޫގެ އިތުރުން ކޮވިޑް ބަލީގެ މީހުން ދެން ފެނިފައި ވަނީ މާލެ ސަރަހައްދު ފިޔަވައި، ހއ. ކެލާ އާއި ހއ. އިހަވަންދު އާއި ހއ. ފިއްލަދު އާއި ހދ. ނާވައިދު އާއި ރ. ހުޅުދުއްފާރާއި ބ. ކަމަދު އާއި ބ. ކުޑަރިކިއްޔާއި ޅ. ހިންނަވަރާއި ނައިފަރާއި ކ. މާފުއްޓާއި ތުލުސްދު އާއި ވ. ފުލިދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫ އަދި ފޭދޫ އެވެ. މިހާތަނަށް ރާއްޖެއިން 5،400އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، 2،920 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 22 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 2،553 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ