ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 1000 އިން މައްޗަށް!

ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 1082 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަ ކުރި މައުލޫމާތަށް ބަލާއިރު އިއްޔެ އެކަނިވެސް ވަނީ 67 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 52 ދިވެހިން ހިމެނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެއާއި އެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ރޭގެ ނިޔަލަށް އެޗްޕީއޭއިން ހާމަކުރި މައުލޫމާތަށް ބަލާއިރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2731 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 419 މީހުންނަށެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 2284 އަށް އަރާފައެވެ.
އައިސޮލޭޝަން ފެސިލިޓީސްތަކުގައި 353 މީހުން ތިބިއިރު، ކަރަންޓީނުގައި މިވަގުތު ތިބީ 71 މީހުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ