ހިމަންދޫއަށް ޑޮކްޓަރަކު ހޯދައިދިނުމަށް އެރަށު ކައުންސިލުން ސަރުކާރަށް ގޮވާލައިފި

އއ. ހިމަންދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތި މަސްދުވަސް ވެފައިވާ ކަމަށް ބުނެ ޑޮކްޓަރަކު ހޯދައިދިނުމަށް އެރަށު ކައުންސިލުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފި އެވެ.
ހިމަންދޫ ކައުންސިލް އިދާރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހިމަންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު މިދިޔަ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޗުއްޓީއަށް ގޮސްފައިވާ އިރު، މިއަދާ ހަމައަށް ވެސް އެރަށަށް ޑޮކްޓަރެއް ފޮނުވާފައިނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި މިހަފްތާފައި އެރަށު ސިއްހީ މަރުކަަޒަަށް އަތޮޅު ހޮސްޕިޓަލުން ފޮނުވި ކޮމިއުނިޓީ ހެލްތް އޮފިސަރު ލިޔާ ބޭސް ސިޓީ އާސަންދަ ގަބޫލް ނުކުރާ ކަމަށާއި އެކަމުގެ ސަބަބުން އެރަށުގައި ހުރި ހަމައެކަނި އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރައިން އެ ހިދުމަތް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
ޑޮކްޓަރެއް ނުފޮނުވާ ހެލްތް އޮފިސަރެއް ފޮނުވައިގެން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަކީ އަތޮޅުގެ ހޮސްޕިޓަލްގެ ވެރިންނާއި މިނިސްޓްރީ އޮފް ހެލްތްގެ ވެރިންގެ ރޭވުމެއްގެ ދަށުން ގަސްދުގައި ނިކަމެތި ކަމެއް ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ގަބޫލް ކުރާ ކަމަށް ވެސް އެރަށުގެ ކައުންސިލްގެ ރަޢީސް އަލީ ނަސީރު ނެެރުއްވާފައިވާ އެ ނޫސް ބަޔާނުގައިވެ އެވެ.
ހިމަންދޫ ކޮމިއުނިޓީ ބޭސް ފިހާރައިން އާސަންދައިގެ ހިދުމަތް ހުއްޓިފައި އޮތުމަކީ އެރަށުގެ ރައްޔިތުންގެ އިތުރުން އއ. އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ދެރަ ނިކަމެތި ކަމަކަށް ވެގެންދާނެ ކަމެއް ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހަލާކުވެފައިވާ އެރަށު ސިއްހީ މަރުކަޒުގައި ބޭނުންކުރާ އެންބިއުލާންސް ހަލާކުވެފައިވާތީ އެކަމުގެ ސަަބަބުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ މެދު ވެސް ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ އެންބިއުލަންސް މަރާމާތުކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ