މާރާމާރީ ހިންގުމަށް ބޭނުންކުރާ އެއްޗިއްސާއި، ބަނގުރާ ފުޅިއަކާއި މަސްތުވާތަކެއްޗާ އެކު 18 އަހަރުން ދަށުގެ ދެ ކުދިންނާއި ދެ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގުމަށް ބޭނުންކުރާ އެއްޗިއްސާއި، ބަނގުރާ ފުޅިއަކާއި މަސްތުވާތަކެއްޗާ އެކު 18 އަހަރުން ދަށުގެ ދެ ކުދިންނާއި ދެ މީހަކު ހައްޔަރުކޮށްފި އެވެ.ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް ގުރޫޕް ހަދައިގެން އުޅުނު ބަޔަކު ބަލާ ފާސްކުރިއިރު 16 އަހަރުގެ ކުޑަކުއްޖަކު ގެންގުޅުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން 13 ޕެކެޓްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި ޗާންދަނީ މަގު ރެޑްވޭވް ސަރަހައްދުން ސައިކަލެއްގައި ދުއްވާފައިދިޔަ ދެ މީހުން ހުއްޓުވައި ބަލާ ފާސްކުރިއިރު ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ ކުޑަކުއްޖަކު ގެންގުޅުނު ދަބަހެއް ތެރެއިން ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ