އީރާނަށްއައި ބިންހެލުމުގައި 300 މީހުން މަރުވެ 3000 މީހުން ޒަހަމްވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު އީރާނަށް އައި ބިންހެލުމުގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ 3000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތަށް ބުނެއެވެ.
މީޑިއާ ރިޕޯޓް ތަށް ބުނާގޮތުން މިހާތަނަށް މަހުވި މީހުންގެ ޖުމްލަ 306 އަށްއަރައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 3037 އަށް އަރައެވެ. ހުޅަނގު އުތުރު އީރާނަން އައި މި ބިންހެލުމުގެ ސަބަބުން ހަރަކާތް ތެރިވާ އިމަޖެންސީ ސާވިސްގެ ހެޑް ގޯލަމެޒާ މަސޫމީ ވިދާޅުވީ ޒަހަމްވި މީހުންގެ ތެރެއިން 1200 މީހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 3300 މީހުންވަނީ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފަ ކަމަށެވެ.
މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ އެމީހުންގެ މަސަތްކަށް އާދީއްތަ ދުވަހު ހުއްޓާލާފައެވެ. އަދި ހަލާކުވެ ބިމާއި ހަމަވެފައިވާ އިމާރާތް ތަކުގެ ދަށުގައިވާ މަރުވެފައިވާ މީހުންގެ ހަށިގަނޑު ތަށް ނަގާ އެމީހުންގެ އައިޑެންޓިޓީ ބަލަމުންދާކަމަށް އެފަރާތުން ބުނެއެވެ.
އިރާނުގެ ގިނަ އަވަށްތަށް ވަނީ ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައެވެ. އަދި އެގައުމުގެ ހަތަރު ވަނައަށް އެންމެ ބޮޑު އަވަށް ކަމުގައިވާ އަޒަރްބައިޖަން ވެސް ވަނީ މުޅިހެން ކަހަލަ ގޮތަކަށް ސުންނާފަތި ވެފައިވާކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.
6.4 މެގްނިޓިއުޑްގެމި ބިންހެލުން އައިސްފައިވަނީ ހޮނިހިރު ދުވަހު ހެންދުނު 4:53 ގައި ކަމަސް ޔޫއެސް ޖިއޮލޮޖޮކަލް ސާވޭއިން ބުނެއެވެ. އަދި މި ބިންހެލުން އައިސް ފައިވަނީ އީރާނާއި 23 ކިލޯމީޓަރު ދުރުން ކަމަށްވެސް ޖިއޮލޮޖޮކަލް ސާވޭއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ