އިލެކްޝަންސްގައި ހުންނެވި ހަބީބު ސިވިލް ކޯޓްގެ މަގާމަކަށް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އިސްމާއިލް ހަބީބު ސިވިލް ކޯޓުގެ ސީނިއާ ކޯޓް އެޑްމިނިސްޓްރޭޓާގެ މަޤާމަށް ހަމަޖައްސައިފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ހަބީބު އެ މަޤާމަށް ހަމަޖައްސަވާފައިވަނީ، މަޤާމަށް ބޭފުޅަކު ބޭނުންވެގެން އިއުލާނު ކުރުމުން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުތަކުން އެ މަޤާމަށް އެންމެ އެކަށީގެންވާ ބޭފުޅަކަށް ހަބީބު ހޮވިވަޑައިގަތުމުން ކަމަށެވެ.
މީގެ އިތުރުން އެ އޮފިޝަލު ވިދާޅުވީ، ހަބީބު އެ މަޤާމަށް ހަމަޖައްސަވާފައިވަނީ، މިމަހުގެ މެދެއްހާ ހިސާބުގައި ކަމަށެވެ.
ހަބީބު ސިވިލް ކޯޓުގެ ސީނިއާ ކޯޓު އެޑްމިނިސްޓްރޭޝަންގެ މަޤާމަށް ހަމަޖައްސަވާފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަޤާމުން އޭނާ ވަކި ކުރައްވާފައިވަނީ، ކޮރަޕްޝަންގެ ތުހުމަތުތަކެއް ބޮލުގައި އެޅުއްވުމަށް ފަހުގަ އެވެ. އެހެން ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ހަބީބުގެ މައްޗަށް އެފަދަ ކަމެއް ސާބިތު ނުވާކަމަށް ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ