ދިޔަވި ބޯޓުން ބައެއް ތަކެތި ކަނޑަށް ދޫކޮށްލާފާވާތީ ސަމާލުވުމަށް އަންގައިފި

މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރި "ދިނަޝަ" ބޯޓް ދިޔަވުމާ ގުޅިގެން އެ ބޯޓުން ކަނޑަށް ދޫކޮށްލާފައިވާ ބައެއް ތަކެތި އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ ހަތް މީހުންނާއެކު ދަތުރުކުރި އެ ބޯޓް ދިޔަވުމާ ގުޅިގެން 30 ވަރަކަށް ގޭސްފުޅިއާއި 100 ފެންކޭސް ވަނީ ކަނޑަށް ދޫކޮށްލާފައިވާ ކަމަށެވެ.
މ.އަތޮޅު ކުރެލި ކަނޑުގެ ސަރަޙައްދުން "ދިނަޝަ" ބޯޓަށް ދިޔަވާކަމުގެ މައުލޫމާތު އިއްޔެ ހެނދުނު 9:40 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާއެކު ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޯޑްރަންގެ ހާބަރކްރާފްޓް ލޯންޗް ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
އެގޮތުން އެސަރަހަށްދަށް ގޮސް ހާބަރ ކްރާފްޓް ލޯންޗުގެ އެހީތެރިކަމާއެކު މ.ކޮޅުފުއްޓަށް އިއްޔެ މެންދުރު 12:08 ހާއިރު ބޯޓު ވަނީ ރައްކާތެރިކަމާއެކު ވަދެފައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ
އެހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ