އޭދަފުށިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ބ. އޭދަފުށިން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ.
އޭދަފުށީ ކައުންސިލުން ބުނީ ބިދޭސީ މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން މިއަދު ނެގި ސާމްޕަލުންނެވެ.
އޭދަފުށީ ކައުންސިލުން ވަނީ މާސްކު އަޅައިގެން އުޅުމަށާއި، ކަރަންޓީނުގައި ތިބޭ ފަރާތްތަކާއި ބައްދަލު ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ