ދުވާލެއްގެ މައްޗަށް ނަގުދު ފައިސާ ނެގޭނީ ދެ ލައްކަ ރުފިޔާ

ރާއްޖޭގައި ދުވާލެއްގެ މައްޗަށް ނަގުދު ފައިސާ ނެގޭ މިންވަރު 200،000 ރުފިޔާއަށް ހިފެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެގޮތަށް ކަނޑައަޅައިފިއެވެ.
ބީއެމްއެލްއިން ބުނީ އިލެކްޓްރޯނިކް ފައިސާގެ މުއާމަލާތްތއް އިތުރު ކުރުމަށާއި ނަގުދު ފައިސާ ގެންގުޅުން މަދުކުރުމުގެ ބޭނުމުގައި މިމަހު 31 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ކުރާ ހުރިހާ މުއާމަލާތެއް ހިމެނޭހެން ކަސްޓަމަރަކަށް ނަގުދު ފައިސާގެ ގޮތުގައި ގިނަވެގެން ނެގޭނީ 200،000 ރުފިޔާ ކަމުގަ އެވެ.
pic.twitter.com/4L6SttT2fp— Bank of Maldives (@bankofmaldives) December 24, 2020
މިބަދަލު ގެނައުމަށްފަހު އެމްއެމްއޭއިން ބުނީ ނަގުދު ފައިސާ ބޭނުންކުރުމުން ވިޔަފާރިތަކަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރެވި މަދުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. މިއީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް މުއާމަލާތްތައް އިތުރުކުރުމަށް ހިތްވަރު ލިބޭނެ ބަދަލަކަށްވާނެ ކަމުގައިވެސް އެމްއެމްއޭއިން ބުނެއެވެ.
މި ބަދަލާއިއެކު ބޮޑެތި އަދަދުތަކުން ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ތެރެއިން ދިމާވާ ކަންކަން ހައްލުވެގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ