ސިޔާސީ މުވައްޒަފުންނަށް ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކުރުން މަނާކޮށްފި

ސިޔާސީ މުވައްޒަފުންނަށް ސަރުކާރާއި ދެކޮޅު ހިޔާލު ފާޅުކުރުން މަނާ އުސޫލެއް ސަރުކާރުން ހަދައިފިއެވެ.މިއަދު ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލުގައިވާ ގޮތުން ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތައި އެފަދަ ނިންމުންތަކާ މެދު ހިޔާލު ތަފާތުވިޔަސް، އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި ނޫސް މަޖައްލާ ފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދުން ހިމެނެއެވެ.އެ އުސޫލުގައި ބުނެފައިވާ،  ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގައި ބުނާ ގޮތުން ސަރުކާރުން ނިންމާ އެންމެހާ ނިންމުންތައް ސިޔާސީ މުވައްޒަފުން ބަލައިގަންނަންވާނެ އެވެ. އަދި ސަރުކާޜުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.މީގެ އިތުރުން ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށޫ އަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލެއް ނުގެންގުޅެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.މިންގަނޑުގައި ހިމެނޭ ބައެއް ކަންކަން:މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވުންދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުންއެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަމެއް ލިބޭފަދަ ކަމެއް ނުކުރުންމަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލު ކުރަން ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހާސިލުކޮށްދޭން މަސައްކަތް ނުކުރުންސަރުކާރުގެ އެއްވެސް މުދަލެއް، ނުވަތަ ފައިސާއެއް ނުވަތަ ވަސީލަތެއް، މަގާމުގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތަކަށް ނޫން ގޮތަކަށް ބޭނުން ނުކުރުންސިވިލް ސާވިސްގެ މުވައްޒަފަކު ލައްވައި ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ސިވިލް ސާވިސްގެ ގަވައިދާ ހިލާފުވުމަށް ބާރު ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުވުންމަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް އަމިއްލަ މަސްލަހަތެއް ނުވަތަ އެއްވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލުކުރަން ބޭނުން ނުކުރުންއެ އުސޫލުގައި ސިއްރު ހިފަހައްޓަންވެސް ބުނެފައިވެއެވެ. ސިޔާސީ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ޖެހޭ ގަޑިއަށް ވުރެ ލަސް ވެއްޖެ ނަމަ މުސާރައިން ކެނޑޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލާނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަކުން ސޮއިކުރާ ލިޔުމަކުން ވަޒީފާ ހަމަޖައްސާ ފަރާތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ