ފަސްލާރި އަދި ދިހަ ލާރީގެ ފައިސާ ފޮތި އަލުން ޖަހައިގެން ގެނެސްފި

ފަސްލާރި އަދި ދިހަ ލާރީގެ ފައިސާ ފޮތި އަލުން ޖަހައިގެން ޝިޕްމަންޓެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ އެ އޮތޯރިޓީން ނެރެފައިވާ ފައިސާ ފޮތިތަކުގެ ތެރެއިން ފަސްލާރި އާއި ދިހަލާރީގެ ފައިސާ ފޮތިތަކެއް އަލުން ޖަހައިގެން އިއްޔެ ރާއްޖެ ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަލަށް ޖަހައިގެން ގެނައީ ކިހާ އަދަދެއްގެ ވަކި ލާރިއެއް ކަމެއް އެ އޮތޯރިޓީން ހާމައެއް ނުކުރެ އެވެ.
"މީރާއިން ޓެކްސް ނަގަން ފެށިފަހުން ވަކި ލާރީގެ ޑިމާންޑް ވަރަށް ބޮޑުވެފައި ވަނީ. އަދި ސާކިއުލޭޝަންގައި އުޅޭ ވަކި ލާރިތައް ވަރަށް ބޮޑަށް ބާވެފައި ވާތީ މި ލާރިތައް އަލުން ޖަހައިގެން ގެނައީ،" އޭނާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން ވަނީ ފަސް ރުފިޔާގެ އާ ނޫޓުތަކެއް މިދިޔަ ޑިސެމްބަރު މަހު ނެރެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ