އެމްފައިސާއިން ފައިސާ ދައްކައިގެން 5 ޕަސަންޓާ ހަމައަށް ކޭޝްބެކް

އެމް-ފައިސާއިން ބިލް ދައްކާލުމުން އަދަދުގެ 5 ޕަސަންޓާ ހަމައަށް ކޭޝްބެކް އަދި ވޯލްޑް ކަޕް ސެމީ ފައިނަލް މެޗްއް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު އުރީދޫން ފަހުކޮށްދީފިއެވެ.
އުރީދޫން ބުނީ، އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާގެ ދަށުން، އެމްފައިސާ މެދުވެރިކޮށް ބިލްތައް ދައްކަވާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް، ފައިސާ ދައްކާ އަދަދުގެ 5 ޕަސަންޓާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެ ކަމަށެވެ.
މި ހާއްސަ އޮފާ ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ، އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ ބިލް ތަކުގެ ތެރޭގައި އުރީދޫ ބިލް ތަކުގެ އިތުރުން އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް، އަމާނާ ތަކަފުލް އަދި މީރާ ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ރެޑްވޭވް، ވީބީ މާޓް، ކޭއެފްސީ، ގްލޯރިއާ ޖީންސް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށްވެސް އެމް-ފައިސާ އިން ފައިސާ ދައްކާ ކޭޝްބެކް ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ އެމްފައިސާއިން ފައިސާ ދައްކައިގެން ގަތަރަށް ދިއުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ލަކީ ޑްރޯގައި އުރީދޫ ކަސްޓަމަރުން އުރީދޫގެ ކޮންމެ ހިދުމަތެއް ބޭނުންކޮށްގެން ވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
މިގޮތުން އެމް ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް ވެސް މި ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ފާހަގަކޮށްފައެވެ.
އުރީދޫން ބުނީ ލަކީ ޑްރޯ ގައި ކޮންމެ ހަފްތާއަކު ހޮވޭ 10 ނަސީބުވެރި ފަރާތަކަށް ސެމްސަންގް ބަޑްސް އެޕަލް އެއާޕޮޑްސް ފަދަ އަގުހުރި އިނާމްތައް ލިބޭ ކަމަށެވެ. އަދި ލަކީ ޑްރޯގެ ބޮޑު އިނާމެއްގެ ގޮތުން އޯގަސްޓް މަހުން ފެޝިގެން އޮކްޓޯބަރުގެ ނިޔަަލަށް އުރީދޫ ހިދުމަތްތައް ބޭނުންކޮށްފައިވާ އުރީދޫ ކަސްޓަމަރުންގެ ތެރެއިން ހޮވޭ 4 ނަސީބުވެރި ފަރާތަކަށް ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.
އުރީދޫން ބުނީ، ނަސީބުވެރި ފަރާތްތަކަށް ގަތަރު ދެކޮޅު ޓިކެޓް، ހުރުން އަދި ސެމީ ފައިނަލް މެޗް ބެލުމަށް ދަނޑަށް ވަންނަ ޓިކެޓްވެސ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.
ބިލް ދެއްކުން، ޑޭޓާ ޕެކެއް އެކްޓިވޭޓް ކުރުން، ގޭހަށް އޯޑަރު ކޮށްލުން ނުވަތަ ފިހާރަތުން އެމް-ފައިސާ މެދުވެރިކޮށް ވިޔަފާރިކޮށްލިޔަސް މިއިން ކޮންމެ ޓްރާންސެކްޝަނަކާއެކު ހަފްތާގެ ނަސީބުވެރިއަކަށް އަދި މެޗް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އުރީދޫން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ