ވެރިފަރާތަށް ނޭނގި އެކައުންޓުން 180،000 ރުފިޔާ ވަގަށް ނެގި މީހާ ފިލައިގެން އުޅޭތާ އަހަރެއް!

އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180,000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މިދިޔަ އަހަރު ހޯދަން އިއުލާންކުރި މީހާ ނުފެނިގެން އަނެއްކާވެސް އޭނާ ހޯދަން އިއުލާނުކޮށްފި އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އެ އަންހެން މީހާގެ ފޮޓޯ ފުލުހުން ފުރަތަމަ އާންމުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ރެސްޓޯރެންޓެއް ކަމަށް ބެލެވޭ ތަނެއްގެ ތެރޭގައި ހަރުކޮށްފައި އިން ކެމެރާއެއްގެ ވީޑިއޯ ފުޓޭޖުން ނަގާފައިވާ އެ ފޮޓޯގައި މޫނު ރަނގަޅަކަށް ނުފެނެ އެވެ.
ފުލުހުން މިއަދު ބުނީ، އެއީ ކާކުކަން އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ