އިހްސާން ފިހާރައިން ވިޔަފާރި ކޮށްގެން ސައިކަލެއް ހޯދުމުގެ ރަނުގެ ފުރުސަތެއް

އާއްމުންގެ މެދުގައި ވަރަށްބޮޑު މަގްބޫލުކަމެއް ލިބިފައިވާ އިހްސާން ފިހާރައިގެ އަހަރީ ޕްރޮމޯޝަން މެދުވެރިކޮށް ޝީޝާއިން ސައިކަލެއް ހަދިޔާކުރުމަށް ނިންމައިފިއެވެ.
ދިވެހީންގެ މެދުގައި އެންމެ މަގްބޫލު އެއް ބްރޭންޑް ކަމުގައިވާ ހޮންޑާގެ އެއަރ ބެލެޑްގެ ފަހުގެ ސައިކަލެއް ހޯދުމުގެ ފުރުސަތު ޝީޝާއާއި އިހްސާން ފިހާރަ ގުޅިގެން ފަހި ކޮށްދީފައިވާއިރު، ޝީޝާ އަކީ ހޮންޑާ ސައިކަލު އަދި ޕަވަރ ޕްރޮޑަކްސްގެ ރާއްޖޭގައި ހުރި ހަމައެކަނި އޮތަރައިޒްޑް ޑިސްޓިބިއުޓަރ އެވެ.
އިހްސާން ފިހާރައިން ބުނީ ޕްރޮމޯޝަނުގެ ދަށުން ކޮންމެ 200 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނޭކަމަށެވެ. މި ޕްރޮމޯޝަން އަންނަ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ޕްރޮމޯޝަންގައި ދޫކޮށްލާ ސައިކަލު، އާންމުކޮށް ފެންނާނެހެން ހުޅުމާލޭ ފޭސް 2 ގައި ހުންނަ އިހްސާން ފިހާރަ 3 ގައި މިހާރު ބަހައްޓާފައި ވާއިރު، އިހްސާން ފިހާރައިގެ ކޮންމެ އައުޓްލެޓަކުން ވިޔަފާރި ކޮށްގެންވެސް މި ޕްރޮމޯޝަން ބައިވެރިވެވޭނެއެވެ.
އިހްސާން ފިހާރަ..
މި ޕްރޮމޯޝަނުގައި ޝީޝާއިން ދޫކޮށްލާ
ސައިކަލު ހިމަނައިގެން އުފައްދާ ޓިކްޓޮކް ޗެލެންޖެއްވެސް ހިމެނެއެވެ.
ޕްރޮމޯޝަންގަ ސައިކަލުގެ އިތުރުން އަގުހުރި ފައިސާގެ އިނާމު ތަކެއްވެސް ވަނީ
ދިނުމަށް ނިންމާފައެވެ. އެގޮތުން އިހްސާން ފިހާރައިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކާއި ގުޅިގެން 100،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ނިންމާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ގުރުއަތުން
ހޮވޭ 20 ފަރާތަކަށް 5000 ރުފިޔާ އިސްލާމިކް ބޭންކު މެދުވެރިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.
މިޗެލެންޖްގައި ބައިވެރިވުމަށް 1 މިނެޓަށްވުރެ ދިގު ނުވާނެހެން ޓިކްޓޮކް
އެއް އުފައްދައި 9996089 ނަންބަރަށް ވައިބަރ ކުރުމުން ވެރިފައި ކޮށް، އިހްސާން
ފިހާރަ 3 ޓިކްޓޮކް އަށް އަޕްލޯޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިހްސާން ފިހާރައިން ވަނީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުގެ ކުރިން  އެންމެ ގިނަ
ލައިކްސް ލިބޭ ޓިކްޓޮކް އުފެއްދުންތެރިޔަކަށް 10،000 ރުފިޔާ ދިނުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ