މިއުނިކް (ޖުލައި 19) - ބްރެޒިލްގެ ފްލެމިންގޯގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ޖަރުމަނުގެ ބަޔާ ލެވަކޫސަން ބައްދަލުކުރި މެޗުން ލެވަކޫސަން ބަލިވުން އެއީ މައްސަލަ އެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
މި މެޗު ފްލެމިންގޯ އިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާ އަކުންނެވެ.
މިއީ ލެވަކޫސަންއާ ހަވާލުވުމަށްފަހު ޓެން ހާގްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ޕްރީ ސީޒަން މެޗުތަކުގައި އޭނާގެ ޓީމުން ދައްކާ ނަތީޖާތަކާމެދު ފަރުވާލެއް ނެތް ކަމަށެވެ.
"އަހަރެން ނުވިސްނަން މި މެޗުތަކުގެ (ޕްރީ ސީޒަން) ނަތީޖާ އަކަށް. އަހަރެންގެ ފޯކަސް މި ވަގުތު މިހުރީ މި ޓީމު ޓެސްޓްކޮށް އަހަރެންގެ ގޭމް ޕްލޭނަށް ކުޅުވަން" ޓެން ހާގް ބުންޏެވެ.
އެކަމަކު ޓެން ހާގް ބުުނީ ބަލިވުން އެއީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި މި މެޗު ފަސްކުރަން އެދުނު ކަމަށްވެސް ޓެން ހާގް ފާހަގަކުރި އެވެ.
"ކިތަންމެ ބޮޑު ތަފާތަކުން ވިޔަސް، ނޫނީ ކިތަންމެ ކުޑަ ތަފާތަކުންވިޔަސް ބަލިވުން އެއީ އަހަރެން ގަބޫލުކުރާނެ ކަމެއް ނޫން. މި މެޗަށް އަހަރެމެން އަސްލު ތައްޔާރެއް ނޫން. މި މެޗު ފަސް ކުރަން ވެސް އެދުނިން" ޓެން ހާގް ފާހަގަކުރި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން މިދިޔަ ސީޒަނުގައި ޓެން ހާގް އަށް އެ ޓީމުގެ ވަޒީފާ ގެއްލުނެވެ. އޭގެ ފަހުން އޭނާ ކްލަބަކާ ހަވާލުނުވެ ހުރުމަށްފަހު ބަޔާ ލެވަކޫސަންއާ ހަވާލުވީ މި ސީޒަނުގަ އެވެ.
ޒުވާން ޓީމެއް އަތުން ލެވަކޫސަން ބަލިވުން ޓެން ހާގް އަށް މައްސަލަ އަކަށް ނުވި ޒުވާން ޓީމެއް އަތުން ލެވަކޫސަން ބަލިވުން ޓެން ހާގް އަށް މައްސަލަ އަކަށް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ