ރާއްޖޭގެ އިސްތިގުލާލަށް އުނިކަން އަންނަ ސިޔާސަތަކީ އިންޑިޔާގެ އަމިއްލަ މަސްލަހަތުގައި ނެތްކަމެއް: ނަޝީދު

ރާއްޖޭގެ އިސްތިގުލާލަށް އުނިކަމެއް އަންނާނެފަދަ ސިޔާސަތަކަށް މަގުފަހި ކުރުމަކީ އިންޑިޔާގެ އަމިއްލަ މަސްލަހަތުގައި ނެތްކަމެއްކަމަށް ކުރީގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރު) އާއި ޖަވާހިރުލާން ނެހުރޫ ޔުނިވާސިޓީގެ ދައުވަތަކަށް އިންޑިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރާއްޖެ އާއި އިންޑިޔާގެ ތާރީހުގައިވެސް، އިންޑިޔާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތިކޮށް ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލަށް އުނިކަމެއް އަންނާނެ ކަމެއް ކުރުމަށް އިންޑިޔާ އުޅެފައި ނެތްކަމަށެވެ.
"ރާއްޖޭގެ ތާރީހުގައިވެސް އަދި އިންޑިޔާގެ ތާރީހުގައި އިންޑިޔާގެ މައި ސަރުކާރުން ރާއްޖެ އަޅުވެތި ކުރުމަށް، ނުވަތަ ރާއްޖޭގެ މިނިވަންކަން، ރާއްޖޭގެ އިސްތިގުލާލަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސްކަމެއް ކުރުމަށް އިންޑިޔާ އުޅެފާ ނުވަނީ، ހަގީގަތުގައި އެބާވަތުގެ ސިޔާސަތަކަށް އެބޭފުޅުން މަގުފަހި ކުރުން އެއީ، އެބޭފުޅުންގެ އަމިއްލަ މަސްލަހަތުގައި ނެތްކަމަކަށްވާތީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ގައުމުތައް ޑިމޮކްރަސީ ގައި މަސައްކަތްކުރަމުން އަންނައިރު، އަދި ޑިމޮކްރެޓިކް ވެރިކަންތައް ހިންގަމުން އަންނައިރު، އެއްބަޔަކު އަނެއް ބައެއްގެ މިނިވަންކަމަށް އަރައިގަނެ އިސްތިގުލާލް ނަގާލާ ހެދުމަކީ، އެއްވެސް ބައެއްގެ މަސްލަހަތުގައި އޮތްކަމެއްނޫންކަމަށެވެ.
"ދިވެހިންނަށް އެނގޭ ދިވެހި ރާއްޖެ މިއޮތީ އިންޑިޔާ ކަނޑުގެ ވަރަށްބޮޑު ސަރަހައްދެއްގެ ތެރޭގަ. އަދި އެ ސަރަހައްދަކީ، އިންޑިޔާކަނޑުން ދަތުރުކުރާ، ހިންގާ ވިޔަފާރީގެ އަށްޑިހަ ޕަސެންޓް ވިޔަފާރި ހިނގަނީ ދިވެހިރާއްޖެ މިއޮތް ސަރަހައްދުގެ ތެރެއިން،،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ