އެލްސީއީއަކީ ރައްޔިތުން މޮޔަ ނުހެއްދޭނެއޭ ބުނެ، ތެދުވަން ލިބޭ ރަނގަޅު ފުރުޞަތެއް: ޑރ.ޖަމީލު

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބަކީ ތިމަންނާ މެން މޮޔަ ނުހެއްދޭނެ އޭ ބުނެ ތެދުވާން ރައްޔިތުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް އޮތް ގޮންޖެހުންތަކާއި ބޭރުގެ ނުފޫޒާއި އަދި ރައްޔިތުންގެ ޖީބުތަކަށް ނުކަތާ ވަރަށް ނަގަމުންދާ ޓެކްސްތަކުގެ ސަބަބުން ނިކަމެތި ރައްޔިތުން އުފުލަމުންދާ ވޭން ރައްޔިތުން އިޙްސާސް ކުރަންވާނެ ކަމަށެވެ.މީގެ އިތުރުން ވެރިކަމުގައި ތިބި ބަޔަކަށް ވޯޓު ދީގެން ނޫނީ އަސާސީ ހައްޤުތަކާއި ޚިދުމަތްތައް ލިބެން ނެތް ކަމަށް އެމްޑީޕީން ނުވަތަ ވެރިކަމުގައި ތިބި ބަޔަކު ބުނުމަކީ ޤާނޫނު އަސާސީން ގެނެސްދީފައިވާ ހިންގުމުގެ ނިޒާމް ބަލައިނުގަންނަ ކަމުގެ ހެކި ކަމަށް ޑރ.ޖަމީލުވަނީ ވިދާޅުވެފައެވެ.
ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް އޮތް ގޮންޖެހުންތަކާއި ބޭރުގެ ނުފޫޒާއި ނުކަތާ ވަރަށް ނަގަމުންދާ ޓެކްސްތަކުގެ ސަބަބުން އުފުލަމުންދާ ވޭން ރައްޔިތުން އިޙްސާސްކުރަންވާނެ. މިއީ މޮޔަ ނުހެއްދޭނެެއޭ ބުނެ، ތެދުވާން ލިބޭ ރަނގަޅު ފުރުޞަތެއް 2/2— Mohamed Jameel Ahmed (@MJameelAhmed) January 16, 2020
ޑރ.ޖަމީލު ވިދާޅުވީ އެފަދަ އިބާރާތަކުން ބުނުމުން އެމްޑީޕީގެ ވެރިންނަށް ނުސީދާކޮށް އެ ވިދާޅުވެވެނީ ދިވެހި ރައްޔިތުންނަކީ ވިސްނުމުގެ ޤާބިލްކަން ނެތް ބައެއް ކަމަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލު އިންތިޚާބަކީ ދިވެހި ރައްޔިތުން މޮޔަ ނުހެއްދޭނެކަން ސާބިތުކުރުމަށް ލިބޭ ފުރުސަތަކަށް ހަދާ އެ ފުރުސަތުގެ ބޭނުން ރަގަޅު ގޮތުގައި ހިފުމަށް އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ވެރިކަމުގައި ތިބި ބަޔަކަށް ވޯޓު ދީގެން ނޫނީ އަސާސީ ހައްޤުތަކާއި ޚިދުމަތްތައް ލިބެން ނެތް ކަމަށް ބުނުމަކީ ޤާނޫނުއަސާސީން ގެނެސްދީފައިވާ ހިންގުމުގެ ނިޒާމް ބަލައިނުގަތުން. ނުސީދާކޮށް އެ ވިދާޅުވެވެނީ ރައްޔިތުންނަކީ ވިސްނުމުގެ ޤާބިލްކަން ނެތް ބައެއް ކަމަށް 1/2— Mohamed Jameel Ahmed (@MJameelAhmed) January 16, 2020
ކައުންސިލު އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އަމަލުތައް ބައްޓަން ކުރަމުން ގެންދާ ގޮތުން މީގެ ކުރިންވެސް ޑރ.ޖަމީލުގެ ފާޑުކިޔުންވަނީ އެ ޕާޓީއަށް އަމާޒުވެފައެވެ. އެގޮތުން ދާދި ފަހުން އެ ޕާޓީގެ ދަފްތަރުގައި އެހެން ޕާޓީގެ ތަކުގެ އިސްވެރިންނާ އަދި މެމެްބަރުން ހިމެނިފައިވުމުން އެމަނިކުފާނުވަނީ އެކަމާ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.އެގޮތުން ޖަމީޅު ވިދާޅުވީ، އެމްޑީޕީގެ ދަފްތަރު ސައްހަ ނޫންކަމަށާއި، ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށްގެން އެމްޑީޕީގެ ދަފްތަރަށް މީހުން އިތުރުކޮށްފައިވާ ކަމަށް ވެސް ޖަމީލު ވަނީ ތުހުމަތު ކުރައްވާފައެވެ. ކައންސިލު އިންތިޚާބާ ދިމާކޮށް އެމްޑީޕީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކެމްޕެއިން ދަތުރުތައް ކުރަމުންނެވެ.އެމްޑީޕީން މިހާރު ބުނަމުން ގެންދަނީ ކައުންސިލު އިންތިޚާބުވެސް އެމްޑީޕީއަށް ދިނުމަށާ އެހެން ނޫން ނަމަ ކަންކަން ކޮށްދިނުމަށް ދަތި ވާނެ ކަމަށެވެ. ނަމަވެސް ދައުލަތް ހިންގުމުގެ އެންމެ ގަދަ ދެ ބާރުވެސް ރައްޔިތުން އެމްޑީޕީއަށް ދިނުމުންވެސް ދޮޅު އަހަރު ފާއިތުވެގެން ދިޔައިރުވެސް ގައުމާ ރައްޔިތުންނަށް ވީ ފައިދާ އެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ