ކޯވިޑް-19 : ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕޮޒިޓިވްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ޕޮޒިޓިވްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހާރު އިންނެވީ ޢާއިލާއާއި އެކަހެރިވެވަޑައިގެންނެވެ. އަދި، އެކަމަނާ ޕޮޒިޓިވްވި ކަމުގައިވިޔަސް ޙާލުކޮޅު ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
އެކަމަނާ ޕޮޒިޓިވްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ ދެކަނބަލުންގެ ބޭފުޅުން ކޯވިޑް-19އަށް ހެއްދެވި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ