ދެ ވައްތަރުން ކޮވިޑް ވެކްސިން ޖެހުނު މީހާ ބުނަނީ އަދިވެސް އޭނާއަށް އެކަން ނާންގާ ކަމަށް

ކޮވިޑް-19 ވެކްސިން ދިން އިރު ދެ ބްރޭންޑުން ދެ ޑޯޒް ޖެހުނު މީހާގެ ހާލު ބަލައި މޮނިޓަކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ނަމަވެސް އެކަން ދިމާވިކަން ރަސްމީކޮށް އަދިވެސް ނާންގާ ކަމަށާއި ހާލު ވެސް ނުބަލާ ކަމަށް އެކަން ދިމާވި މީހާ ބުނެފި އެވެ.
ޓްރެވަލް އޭޖެންސީއެއްގެ އެއާޕޯޓް ރެޕެއްގެ ގޮތުގައި މަސައްކަތްކުރާ 46 އަހަރުގެ އަބްދުލްމަތީން މޫސާ މިދިޔަ މަހު 23 ގައި ފުރަތަމަ ޑޯޒް ޖެހިީ ސައިނޮފާމް ވެކްސިނުންނެވެ. އަދި ދެ ވަނަ ޑޯޒް ޖެހީ ވެލާނާ އެއާޕޯޓްގައި މަސައްކަތްކުރާ މީހުންނަށް އެއާޕޯޓްގައި ހަދާފައިވާ ވެކްސިން ސެންޓަރުންނެވެ. އެތަނުން ޖަހައިދިނީ ކޮވިޝީލްޑް ވެކްސިނެވެ.
އޭނާ "މިހާރު" އަށް ކިޔައިދިން ގޮތުގައި ވެކްސިން ޖެހުމުގެ ކުރިން ހަތަރު ކައުންޓަރަކުން އޭނާގެ ވަނަވަރު ބެލި އެވެ. އަދި ވެކްސިން ޖަހަން ތިބި ދެ މީހުން ވެސް އޭނާގެ ވެކްސިން ކާޑު ބެލި ކަމަށް ބުންޏެވެ.
އެކި ބްރޭންޑުގެ ވެކްސިނުން ޑޯޒް ހަމަކުރުމަކީ އަދި ބައެއް ގައުމުތަކުގައި އަޖުމަ ބެލުމުގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ. މިކަމުން ގެއްލުމެއްވާ ކަމަށް މިހާތަނަށް އެނގިފައި ނެތް ނަމަވެސް މިއީ އަދި ނަތީޖާ އެނގިފައި އޮތް ކަމެއް ނޫނެވެ.
އަބްދުލްމަތީން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހިކަން އެޗްޕީއޭ އަށް އެނގުމުން އެކަން ބަލާނެ ކަމަށް ފުރަތަމަ ވެސް ބުނީ މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ކަމަށާއި އޭނާ އަށް އެކަން ނުވެސް އަންގާ ކަމަށެވެ.
2 brand eh ge vaccine ge 2 dose jehunee olhumakun: HEOC
The most trusted news source in the Maldives
Mihaaru
"އެކަމަކު ވެސް އަޅުގަނޑު ކައިރީ އަދިވެސް ނުބުނޭ [އެ ވާހަކައެއް]. އާންމުން ކައިރީ [މީޑިއާ ބްރީފިންގައި] އެއް ނޫން ދޯ ފުރަތަމަ ބުނާނީ؟" މަތީން ސުވާލުކުރި އެވެ.
މަތީން ބުނީ ކަން ދިމާވި ގޮތުން އޭނާ ހުރީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި ރެ އާއި މިއަދު އުޅުނީ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށެވެ. ރޯދަ ވީއްލި ފަހުން ހާލު ރަނގަޅު ކަމަށާއި އެކަމަކު އަދިވެސް ތުރުތުރު އަޅައި ބޮލަށް އެނބުރުން އަރާ ކަމަށް ބުންޏެވެ.
"ބޭހެއް ވެސް ކާން ނުކެރިފައި މި ހުންނަނީ، އިތުރު ގޮތެއް ވެއްޖެ ނަމަ އެއީ ބޭހުގެ ސައިޑް އިފެކްޓެކޭ ބުނެފާނެތީ،" މަތީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެޗްއީއޯސީ އިން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ބުނީ މި ކޭސް ވަރަށް ގާތުން މޮނިޓަރުކުރަމުން އަންނަ ކަމަށެވެ. އަދި މި ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ހިއްސާކޮށްފައިވާ ކަމަށާއި މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ