އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މީހެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލައަކީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓާލަން އެންގި އެންގުމާ ހިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހާގެ މައްސަލައެވެ.
އެ މައްސަލައިގައި ފުލުހުން ވަނީ މިމަހުގެ 21 ވަނަ ދުވަހު 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮޮށްފައެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހެޅީ އިއްޔެއެވެ.
ޕީޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެ މައްސަލައިގައި އެމީހާގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ