އެޖެންޑާ 19ގައި އެވަނީ ރިޔާސީ ވައުދުތައް ފުއްދުމުގެ ގާނޫނީ އޮނިގަނޑު: ނަޝީދު

އެޖެންޑާ 19ގައި އެވަނީ ރިޔާސީ ވައުދުތައް ފުއްދުމުގެ ގާނޫނީ އޮނިގަނޑު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އެޖެންޑާ 19ގައިވާ ކޮންމެ ކަމަކީ ވެސް ރާއްޖޭގެ ރައްޔިތުން އަޅުގަނޑުމެންނަށް ފާހަގަކޮށްދީފައިވާ ކަންކަން. އެއީ ރިޔާސީ އިންތިހާބުގެ ވައުދުތައް. އެ ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާނެ ގާނޫނީ އޮނިގަނޑުތައް އެވަނީ އެޖެންޑާ 19ގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވައުދުތަކަކީ ރަށްރަށުން، ރާއްޖޭގެ ކުދިބޮޑު ރައްޔިތުން ބޭނުންވާ ކަންކަން ކަމަށާއި އެކަންކަމަކީ ރައްޔިތުން ގާތަށް ގޮސް މައުލޫމާތު އެއްކޮށްގެން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ.
"ބޯހިޔާވަހިކަން، ވަޒީފާއެއްގެ ފުރުސަތު، ވިޔަފާރި ރަނގަޅުވުން، ބާނާ މަހަށް ހަމައަގު ލިބުން، ދަނޑުވެރިކަން ކުރިއެރުވުން، އަޅުގަނޑުމެން އަބަދުމެ ގޮވަމުންދިޔަ އިންސާފު ގާއިމުކުރުން، މިއާއެކުގައި އިގުތިސާދީ އަދި އިޖުތިމާއީ ގިނަ ކަންތައްތައް ފޯރުކޮށްދިނުމަށް އެޖެންޑާ 19 އެކުލަވާލާފައި އެވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ