ޔާމީން އައިޖީއެމްއެޗަށް ގެނެސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައިޖީއެމްއެޗަށް ގެނެސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވަނީ ޑޮކްޓަރަށް ދެއްކުމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
މިއީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރިފަހުން ޔާމީން އައިޖީއެމްޗަށް ގެނައި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވަނީ ރޫޓިން ޗެކަޕެއް ހެދުމަށެވެ.
ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ބައެއް ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، ފައިސާ ލޯންޑަކުރި މައްސަލާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ