ސަރުކާރުގެ އަމާޒަކީ މާލެ ތޮއްޖެހުން ހުއްޓުވުން: ފައްޔާޒް

މިސަރުކާރުގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމިގެންދާއިރު މާލެއަށް އެންމެން ޖަމާވުން ނިމުމަކަށް ގެނައުމަށް ކަމަށް އިކޮނޮމިކް މިިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެޖެންޑާ 19 ޕެނަލް ޑިސްކަޝަންގައި ރޭ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ހުޅުމާލެއިން ފެލްޓަށް އެދެން ބޭނުންވާ މީހުން ތިބިއިރު ގުޅިފަޅުންވެސް ފްލެޓު ލިބުމަށް އެދޭ މީހުން އެބަތިބި ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ހައްލަކީ މާލެއަށް އެންމެން ތޮއްޖެހުން ނިމުމަކަށް ގެނެސް، ހދ. އަތޮޅާއި ހއ. އަދި އައްޑޫ ސިޓީ ފަދަ ތަންތަނުގައި މާލެ ފަދަ ސެންޓަރުތައް އަޅައި، ބިންބޮޑު ސަރަހައްދުތަކުގައި މީހުން ވަޒަންވެރިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބޯހިޔާވަހިކަން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން 17،000 ފްލެޓު އަޅަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ބޭނުންވާ 17 ބިލިއަން ރުފިޔާގެ ފަންޑު ހޯދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ