އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު ހޯދަން އިންނަމާދޫ ރައްޔިތުން ނިކުމެއްޖެ

އިންނަމާދޫގައި އަމިއްލައަށް މަރުވާނެ ކަމަށް ބުނެ ފިލި ޒުވާނަކު ހޯދަން އެރަށު ރައްޔިތުން ނިކުމެއްޖެއެވެ.
ރ.އަތޮޅުގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ "އުނގޫފާރު.ކޮމް" ގައި މައުލޫމާތު އެނގޭ މީހަކާއި ހަވާލާދީ ބުނެފައި ވަނީ އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ އޭނާ ފިލާފައި ވަނީ މާލެ ދާން އެޅުމުން އާއިލާން އެކަމާ ދެކޮޅު ހެދުމުން އުފެދުނު މައްސަލައެއްގެ ތެރެއިންނެވެ.
އޭނާ އަކީ މަސތުވާތަކެތީގެ މައްސަލާގައި އެކި ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.
ރަށުގެ ރައްޔިތުން ނިކުމެ ވަލުތެރެއާ ތަންތަން މިހާރު ވަނީ ހޯދަން ފަށާފައިކަމަށާއި އަދި ފުރައިގެން ނުދެވޭނެ ގޮތަށް ބަނދަރުމަތީގާ ވެސް ރައްޔިތުން ފާރަލަމުން އަންނަކަމަށް މަޢުލޫމާތު ލިބޭކަމަށް "އުނގޫފާރު.ކޮމް" ގައި ބުނެފައި ވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ