މޫސުމީ ބަދަލުތަކުގެ ސަބަބުން ސިއްހަތަށްކުރާ ނޭދެވޭ އަސަރުތަކާ ބެހޭ މަޝްވަރާގައި އަމީން ބައިވެރިވެވަޑައިގެންފި

ވައި ނުސާފުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށްކުރާ ނޭދެވޭ އަސަރުތަކާގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި ހެލްތު މިނިސްޓަރު އަބްދު ﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.
މި މަޝްވަރާތަކަކީ، ސުވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ރައުންޑް ޓޭބަލް ޑިސްކަޝަނެއް ކަމަށް ހެލްތު މިނިސްޓްރީ މައުލޫމާތު ދެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ތަފާތު ކާރިސާތަކުގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވަނީ، ހެލްތު މިނިސްޓްރީއާއި މިނިސްޓްރީ އޮފް އެންވައިރަމަންޓާ ގްރީން ކުލައިމެޓް ފަންޑު ގުޅިގެން ދުޅަހެޔޮ ތިމާވެއްޓެ ގާއިމުކުރަމުން ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ