ފޭރުނު 2.3 މިލިއަން ރުފިޔާ އަދިވެސް ނުފެނޭ: ފުލުހުން

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ ފޭރިގަތް 2.3 މިލިއަން ރުފިޔާ އަދިވެސް ނުފެންނަ ކަމަށާއި މައްސަލައިގެ ތުހުމަތުގައި 6 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ 10 ވަނަ ދުވަހު އެސްބީއައި ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ފޭރިގަތީ ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެކެވެ.
 
ފުލުހުން ބުނީ ފޭރުމުގެ ހާދިސާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ތިން ކުދިން ހިމެނޭ ކަމަށެވެ. އަނެއް ތިން މީހުންގެ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާއަކީ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު ހެލްމެޓް އަޅަންޖެހޭ ގޮތަށް ހަމަޖެއްސި ފަހުން ހިނގި މިފަދަ ފުރަތަމަ ހާދިސާ އެވެ. މިއީ، ފަހުގެ ތާރީހެއްގައި އެހާ ގިނަ ފައިސާތައް ފޭރުނު ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ