ދަރިފުޅު އާގުބޯޓެއްގައި! ވާގިނެތިފައިވާ މުސްކުޅި ބައްޕަ ފަޅުގެއެއްގައި އެކަނި!

އަޅާލާނެ މީހަކު ނެތި ގދ. ގައްދޫ ފަޅުގެއެއްގައި އެކަނިމާއެކަނި، އުމުރުން ދުވަސްވީ މީހަކު އޮންނަތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މީގެ ދެ އަހަރު ކުރިން އެއްފަޅި ވާގި ނެތިފައި އޮތް ގައްދޫ ސެންޓުގޭ، ހުސެއިން ޖަމީލް 56، އަށް އަޅައިލާނެ މީހަކު ނެތުމުން އެރަށު ކައުންސިލް އިދާރާ އިން ވަނީ އޭނާގެ ވާރިސަކު ހޯދުމަށް ކޯޓަށް މައްސަލަ ވެސް ވައްދާފަ އެވެ. އަދި ކައުންސިލް އިދާރާއިން ކޯޓަށް ވެއްދި މައްސަލައިގައި އިތުރަށް ސާފުކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ޖަމީލުގެ ހާލަތަށް ބަލައި ކޯޓުން ވަނީ އެރަށު ސިއްހީމަރުކަޒުގައި ބާއްވައިގެން އޭނާއަށް ބޭސްފަރުވާ ކުރުމަށް ސިއްހީމަރުކަޒުގެ މައްޗަށް މިދިއަ ބުދަ ދުވަހު ހުކުމެއް ވެސްކޮށްފަ އެވެ.
ގައްދޫ ކޯޓުން ބުނީ އެގޮތަށް ހުކުމް ކުރީ ޖަމީލަކީ މަދަނަ ހަމަޖެހިފައިވާ މީހަކަށް ވެފައި ކެއުމުގެ ކަންތައް އެ ރަށުގައި ހޮޓަލެއް ހިންގާ މީހަކު ހަމަޖައްސައިދޭ ގޮތަށް ހަމަޖެހިފައި އޮތުމުން ހާލަތަށް ބަލައިގެން ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މަރުކަޒުން އެކަމަށް މާ ބޮޑު ސަމާލު ކަމެއް ދީފައެއް ނުވެ އެވެ.
ސިކުނޑި ހަމަނުޖެހޭ ހާލަތުގައި އޮތް ޖަމީލުގެ ފިރިހެން ދަރިޔަކު ހުރެ އެވެ. އޭނާ އުޅެމުންދަނީ ބޯޓު ދަތުރުކުރަން ގޮސް ރާއްޖޭން ބޭރުގަ އެވެ. މީގެ އިތުރުން ޖަމީލާ އެއްބަނޑު މީހުން ވެސް ތިބެ އެވެ. އެމީހުން ވެސް ގައްދޫ ދޫކޮށް ދިރިއުޅެނީ މާލެ އާއި ރާއްޖޭން ބޭރުގަ އެވެ. ގައްދޫގައި ހުރީ ޖަމީލާ ދުރުތާ ތިމާގެ ވެސް އެންމެ މީހެކެވެ. ކުރިން ގައްދޫގައި ހޮޓަލަކާއި ފިހާރައެއް ހިންގަމުން އައި ޖަމީލަށް އެމީހާ ވެސް އެހީތެރިކަން ފޯރުކޮށް ނުދޭ ކަމަށް ވެއެވެ.
މީހެއްގެ އެހީތެރިކަން ނުލިބި ޖަމީލު ފަޅު ގޭގައި އޮންނަނީ މަސްތަކެއް ކުރިން އޭނާ ބަލަހައްޓަން ހަވާލު ކުރި ބިދޭސީއަކު މީގެ މަހެއްހާ ދުވަސް ކުރިން ފުލުހުން ހައްޔަރު ކުރި ހިސާބުން ފެށިގެނެވެ. އެއްގޮތަކަށް ވެސް މީހެއްގެ އެހީ ނުލިބި ޖަމީލު އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ގައްދޫގެ ބައެއް މީހުން ބުނެ އެވެ.
~
"އެ ބިދޭސީ މީހާއަކީ [ރާއްޖޭން ބޭރުގައި ހުރި] ޖަމީލުގެ ދަރިފުޅު ފޮނުވާފައި ހުރި މީހެއް ޖަމީލު ބަލަން. އެކަމަކު އޭރުވެސް ބިދޭސީ މީހާ އެގެއަށް ވަންނާނީ ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް. އެހެންވެ މާބޮޑު އަޅައިލުމެއް ނުލިބޭތާ ގާތްތަގަނޑަކަށް ތިން ހަތަރު މަސްވެދާނެ،" ގައްދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެންމެފަހުން ޖަމީލު ފެންވަރުވައި ނެޕީ ބަދަލު ކުރުވީ މީގެ 15 ވަރަކަށް ދުވަސް ކުރިން އެރަށު ބަޔަކު އޭނާ ސިއްހީ މަރުކަޒަށް ގެންދިއުމުން މަރުކަޒުގެ ނަރުހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ