މިލަންދޫ ކައުންސިލް އިދާރާގެ ތެރެއަށް މަހުލޭ އަޅައިފި

ށ. މިލަންދޫ ކައުންސިލް އިދާރާގެ ތެރެއަށް މަހުލޭ އަޅައިފި އެވެ.
މިކަމާ ގުޅިގެން މިލަންދޫ ކައުންސިލްގެ ނައިބް ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ މަހުލޭ އަޅާފައިވަނީ ކައުންސިލް އިދާރާއަށް ވަންނަ ދޮރުމައްޗަށް ކަމަށެވެ. އިދާރާގެ ތެރެއަށް ވެސް މަހުލޭ އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ަމަހުލޭ އަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށާއި، އެކަންތައް ކޮށްފައިވަނީ ސިޔާސީގޮތުން ޚިޔާލުތަފާތުވެފައިވާ ބައެއް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ޝިޔާމް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ މިލަންދޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރަށު ކައުންސިލުން ކުރަމުންދާ މަސައްކަތްތާއި މެދު ހިތްހަމަނުޖެހޭ ބަޔަކު ރަށުގައި އުޅޭ ކަމަށާއި އެމީހުންގެ ފަރާތުން މިފަދަ ކަމެއް ކަމަށް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ ކައުންސިލް އިދާރާއަށް މަހުލޭ އަޅާފައިވާ މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ. އެގޮތުން މިއަދު ހެދުނު ފުލުހުންެގެ ޓީމެއް ކައުންސިލް އިދާރާއަށް ގޮސް ފުލުހުން ބޭނުންވާ މައުލޫމާތު ހޯދާފައިވާ ކަމަށްވެސް ޝިޔާމް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ޝިޔާމް ވިދާޅުވީ މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ށ. މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރުމައްޗަށް މަހުލޭ އަޅާފައިވަ ކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހެދުނު 7:00 ހާއިރު ކަމަށެވެ.
މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ